ކޮވިޑުގެ ނުރައްކާ ބޮޑުވެ ސްޕެއިންގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
ސްޕެއިންގެ ކެބިނެޓުން މެޑްރިޑުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭސް ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ހުށަހަޅުއްވައިފައެވެ.
ކެބިނެޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ވަގުތީ އިމަޖެންސީއެއް އިއުލާންކުރުމަށް އެއްބަސްވެފައެވެ. މިއާއެކު ސްޕެއިންގެ ގިނަ ސަރަހައްދުތަކެއްގައި ރޭގަނޑު 11 އިން ހެނދުނު 6 އަށް ކާފިއު އިއުލާންކުރާނެއެވެ.
ސްޕެއިން އިން ވަނީ އެގައުމުގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު މިދިޔަ މާޗް މަހުގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ނަމަވެސް ޖޫން މަހު ވަނީ އުވާލައިފައެވެ.
ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭސް ވަނީ އެގައުމުގެ ހާލަތު ވަރަށް ގޯސް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ ނުރައްކާ ބޮޑު ދުވަސްތަކެއް ކަމަށް ވިދާޅުވެ އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފައެވެ.
ސްޕެއިންގައި މިހާތަނަށް 1.05 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެގައުމުން އެ ބަލި ޖެހިގެން 34،752 މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ