މި ވަގުތު ދުނިޔޭގެ އެއްވަނަ 5ޖީ ސްޕީޑް ލިބެން ހުރީ ސައުދީ އަރަބިއްޔާގައެވެ. އެގައުމުގެ 5ޖީ އިންޓަނެޓް ސްޕީޑަކީ 336.1 އެމްބީޕީއެސް ކަމަށް ދިރާސާއަކުން ވަނީ ދައްކައިފައެވެ.
އޯޕެން ސިގްނަލް އިން ޓްރެކް ކޮށްފައިވާ ޑާޓާ އިން ދައްކާ ގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ ފާސްޓް 5ޖީ އިންޓަނެޓް ލިބެން ހުރީ ދެކުނު ކޮރެއާގައެވެ. ދެކުނު ކޮރެއާއިން 336.1 އެމްބީޕީއެސް އާއި ހަމައަށް 5ޖީ ސްޕީޑު ލިބެން ހުރެއެވެ.
ދިރާސާއިން ހާމަވި ގޮތުގައި ދެކުނު ކޮރެއާގައި 4ޖީ އަށްވުރެ 6.5 ގުނަ 5ޖީ ސްޕީޑް ފާސްޓެވެ. ދެކުނު ކޮރެއާގެ 4ޖީ ހިދުމަތް ހޯދާ ފަރާތްތަކަށް 60.5 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭކަމަށް ދިރާސާގައި ވެއެވެ.
ޖުލައި މަހުގެ އެކަކުން ފެށިގެން ސެޕްޓެމްބަރުގެ 28 ވަނަ ދުވަހާ ދެމެދު ނަގާފައިވާ ޑޭޓާތަކަށް ބަލައި 15 ގައުމެއް ވަނީ ސްޕީޑް ފާސްޓު ލިސްޓަށް އަރައިފައެވެ. ލިސްޓުގެ ތިން ވަނައިގައި ވަނީ އޮސްޓްރޭލިއާއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ