ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް އަކީ ބޮލީވުޑްގައި ހުރި އެންމެ ބޮޑު "ޑޮން" ގެ ގޮތުގައި މަހޭޝްއަށް ބޮޑުބޭބެ ކިޔާ ސުމިތު ސަބްރަވަލްގެ އަންހެނުން ލަވީއެނާ ލޮދު ސިފަކޮށްފިއެވެ.
2010 ވަނަ އަހަރު ރިލީޒްކުރި "ކަޖްރާރޭ" އިން ބޮލީވުޑަށް ތައާރަފުވި ލަވީއެނާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މަހޭޝް އޭނާއަށް ބިރުދައްކަމުންދާ ކަމަށެވެ.
ދެމިނެޓްގެ އެވީޑިއޯގައި ލަވީއެނާ ބުނީ އޭނާގެ ފިރިމީހާ ސުމިތު ވަރަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށާއި އެ ސަބަބާ ހުރެ ފިރިމީހާ ކައިރިން ވަރިވާން ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ލަވީއެނާ ވަނީ އެ ވީޑިއޯގައި އޭނާގެ ފިރިމީހާ ސުމިތު ބޮލީވުޑްގެ ފަންނާނުންނަށްވެސް މަސްތުވާތަކެތި ސަޕްލައި ކޮށްދޭ ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި އެހުރިހާ ކަމެއް މަހޭޝް އަށް އެނގޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން ލަވީއެނާ ވަނީ މަހޭޝް ބުނި ބަހަށް ތަބާ ނުވާ މީހުންނަށް ދުނިޔޭގައި ހަމަޖެހިގެން އުޅުނެ ފުރުސަތެއް މަހޭޝް ނުދޭނެ ކަމަށްވެސް ބުނެފައެވެ. ލަވީއެނާ ވަނީ އޭނާ މަހޭޝް އާއި ދެކޮޅަށް މައްސަލަ ޖެއްސި ފަހުން އޭނާ ގެއިން ނެރެލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް