ކަންގަނާއާ ދެކޮޅަށް މުމްބާއީ ފުލުހުންނަށް އިތުރު މައްސަލައެއް ހުށަހަޅައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރު ކަންގަނާއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅާފައިވަނީ ގަނޫނީ ވަކީލެކެވެ. އެ ގާނޫނީ ވަކީލު ކަންގަނާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގަ މުމްބާއި ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ކަންގަނާ ވާހަކަ ދައްކާ ކަމަށް ބުނެއެވެ.
އޭނާ ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައިވަނީ ކަންގަނާގެ ބައެއް ވާހަކަތަކުގެ ސަބަބުން އިންޑިއާގެ ނަންވެސް ހުތުރު ވެފައިވާ ކަމަށެވެ. އަދި މުމްބާއީ ފުލުހުންގެ މަތިން އާއްމުންގެ އިތުބާރު ގެއްލޭ ގޮތަށް ވެސް ކަންގަނާ ވާހަކަދައްކާފައިވާ ކަމަށް މި މައްސަލައިގައި ވަނީ ބުނެފައިވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ކުރި ޓުވީޓެއްގައި ކަންގަނާ ބުނީ ޖަލަށް ގެންދާނެ އިރަކަށް އޭނާ އިންތިޒާރު ކުރާ ކަމަށެވެ. މީގެ އިތުރުން ކަންގަނާ ބުނީ ސަރުކާރުން އޭނާ ޖަލަށް ލުމަށް މަސައްކަތް ކުރަމުންދާތަން ފެނުމުން އޭނާއަށް ލިބިގެންދަނީ އިތުރު ހިތްވަރެއް ކަމަށެވެ.
މީގެ ދެތިން ދުވަސްކުރިންވެސް ވަނީ ކަންގަނާ އަދި އޭނާގެ ދައްތަ ރަންގޯލީ ޗެންދަލު ދޮގު ހަބަރު ފަތުރައި އާއްމުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނެ ކަންގަނާ އާއި އޭނާގެ ދައްތައާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ 26 އަށް ބާންޑްރާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ކަންގަނާ އަދި އޭނާގެ ދައްތައަށް ވަނީ ޗިޓްވެސް ފޮނުވާފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް