ހަނދާ ބެހޭ އާ ހޯދުންތަކާއެކު ނާސާގެ ހާއްސަ އިވެންޓެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ނާސާއިން ކުރި ޓުވީޓެއްގައި ވަނީ ނާސާގެ ސްޓްރަޓޮފިކް އޮބްޒަވޭޓަރީީ ފޯ އިންފްރާރެޑް އެސްޓްރޮނޮމީ (ސޯފިއާ) ގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި ހާއްސަ އިވެންޓުގައި ހަނދުގެ ސަތަހައިގައި ސޯފިއާ އިން ކޮށްފައިވާ ތަހުލީލުތަކުން ހާމަވި އާ މައުލޫމާތުތަކެއް ހާމަކުރާނެއެވެ.
ނާސާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން މިހާތަނަށް ހޯދިފައިވާ އާ ހޯދުންތަކާއެކު މުސްތަގުބަލުގައި ނާސާއިން ހަނދުގެ އިތުރުން ޖައްވުގައި ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
ނާސާގެ ސްޓްރަޓޮފިކް އޮބްޒަވޭޓަރީީ ފޯ އިންފްރާރެޑް އެސްޓްރޮނޮމީ (ސޯފިއާ) އަކީ ބޯއިންގް 747 މަރުކާގެ ފްލައިޓަކަށް ބަދަލު ގެނެސްގެން އުފައްދާފައިވާ ހާއްސަ އޮބްޒަވޭޓަރީއެކެވެ. ފްލައިޓުގެ މަތީގައިވަނީ ބޮޑު ޓެލެސްކޯޕެއް ހަރުކޮށްފައެވެ. ވައިގެ ތެރޭގައި ދަތުރުކުރަމުން ޖައްވީ ތަހުލީލުތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ސޯފިއާ އިން ބިމަށްވުރެ 11 ކިލޯމީޓަރު އުހުން އުދުހި އޭގައި ހަރުކޮށްފައިވާ ޓެލެސްކޯޕުން ޖައްވުގެ މަންޒަރުތައް ބަލއައިލުމުގެ ގާބިލުކަން ލިބިފައިވެއެވެ.
ސޯފިއާ މެދުވެރިކޮށް ނާސާއިން ވަނީ ހަނދުގެ އާ ހޯދުންތަކެއްގެ އިތުރުން ފަލަކީ އާ މައުލޫމާތުތަކެއްވެސް އެއްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ