ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ސުޕަ ހީރޯއެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ޝޫޓިންތައް 4 ގައުމެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
އަދި ނަން ހާމަކޮށްފައި ނުވާ އެ އެކްޝަން ތުރިލާ ޑައިރެކްޓްކޮށްފައިވަނީ އަލީ އައްބާސް ޒަފަރުއެވެ. ދާދިފަހުން ރިލީޒް ކުރި "ހާލީޕީލީ" އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި ފިލްމެކެވެ.
މިޑްޑޭ އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ބުނީ، އެ ފިލްމުގެ ޝޫޓިންތައް ހަތަރު ގައުމެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ފިލްމުގެ މަންޒަރުތައް ދުބާއީ އާއި އަބޫ ދާބީގައި ނަގަން ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ކެޓްރީނާ ވެގެންދާނީ ސުޕަ ހީރޯއެއްގެ ރޯލު ކުޅޭ ބޮލީވުޑްގެ ފުރަތަމަ ބަތަލާއަށެވެ. އަލީ ބުނީ އެ ފިލްމުގެ ޝޫޓިންތައް އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އާއި ދެއްލީގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ކޮވިޑް 19 ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން ޝޫޓިންތައް ކުރިއަށް ގެންދަން ތަންތަން ހޯދުމަށް ވަރަށް ވަގުތު ނަގައި ކަމަށްވެސް އަލީ ފާހަގަކުރިއެވެ.
ސުޕަ ހީރޯގެ ރޯލު ކުޅުމަށް ކެޓްރީނާ ގިނަ ޓްރެއިނިން ތަކެއް ހަދަން ޖެހޭނެއެވެ. އެ ފިލްމުގެ މަސައްކަތްތައް ރަސްމީކޮށް ފަށާނީ މިއަންނަ އަހަރު ކަމަށްވެސް އަލީ ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް