ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ޝޭރްނީ" ގެ ޝޫޓިންތައް ފަށައިފިއެވެ.
ކޮވިޑް 19 ގެ ސަބަބުން އިންޑިއާވެސް ލޮކްޑައުން ކުރުމާ ގުޅިގެން ފަސްވަރަކަށް މަހަށް ބޮލީވުޑްގެ ބޮޑުބައެއްގެ މަސައްކަތްތައް ވަނީ މަޑުޖައްސާލައިފައެވެ. ލުއިތައް ދިނުމާ ގުޅިގެން މިހާރު އަންނަނީ އަލުން މަސައްކަތްތައް ފަށައި ގިނަ ފިލްމުތަކުގެ ޝޫޓިންތައް ވެސް ފަށަމުންނެވެ.
އެގޮތުން ވިދްޔާ ލީޑްރޯލުން ފެނިގެންދާ ފިލްމު " ޝޭރްނީ" ގެ ޝޫޓިންތައް ކުރިއަށް ގެންދަނީ މަދްޔާ ޕްރަދޭޝްގައެވެ. އަމިތު މަސަރުކަރު ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގައި ވިދްޔާ ފެނިގެންދާނީ ފޮރެސްޓް އޮފިސަރެއްގެ ރޯލުންނެވެ.
ވިދްޔާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމު އެކައުންޓްގައި ޝޫޓިން ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ޕޫޖާގެ މަންޒަރުތައް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޝޫޓިންތައް ކުރިއަށް ގެންދާ ސަރަހައްދުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ޕޫޖާގައި ތިބި މީހުންނާއި ވަށައިގެން ތިބި މީހުން ތިބީ ޕީޕީއީ ސޫޓް ލައިގެންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް