އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް) 2020 ފެއާ، ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝް (ޔޫއެންޑަބްލިއުޓީއޯ)އިން އެންޑޯޒްކޮށްފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު ހައްވާ ޝިއުނާ ވިދާޅުވީ، މިއަހަރުގެ ފެއާ ބާއްވާނީ އަންނަ މަހުގެ 16 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިއަހަރުގެ ފެއާ ބާއްވާނީ އަމިއްލަ ވާޗުއަލް ޕްލެޓްފޯމެއްގައި ކަމަށްވެސް ޝިއުނާ ވިދުވިއެވެ.
ޝިއުނާ ވިދާޅުވީ، އައިއެމްޓީއެމް 2020އަށް ޔޫއެންޑަބްލިއުޓީއޯއިން އެހީތެރިކަން ދޭނެ ކަމަށާއި އެގޮތުން ފެއާއަށް ބޭނުންވާ ބައެއް މައުލޫމާތު އެ ޖަމިއްޔާއިން ފޯރުކޮށްދޭނެ ކަމަށެވެ.
މިއަހަރުގެ ފެއާގައި 80 އަށް ވުރެ ގިނަ އެޖެންޓުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ކުރީ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް އެ ފެއާއަށް ގިނަ ބަޔަކު ޒިޔާރަތްކުރުމަކީ އުންމީދެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
"ވާޗުއަލްކޮށް މިއަހަރުގެ ފެއާ ބޭއްވި ނަމަވެސް، މިއަހަރުގެ ފެއާއަށް 350އެއްހާ މީހުން ވިޒިޓާސްގެ ގޮތުގައި ޒިޔާރަތްކުރުމަކީ އުންމީދެއް" ޝިއުނާ ވިދާޅުވިއެވެ
މިއަހަރުގެ އައިއެމްޓީއެމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކުގެ އިތުރުން ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ކުރެވޭނެ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންގެ މެދުގައި ހިއްސާކުރެވިގެންދާނެއެވެ. އަދި އެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެެވެ.
ޔޫއެންޑަބްލިއުޓީއޯގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި މަޓާޓޯ، ބޯޓިން އެސޯސިއޭޝަން އަދި އާޓާ ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް ވަނީ އެ ފެއާ އެންޑޯޒްކޮށްފައެވެ.
މިދިޔަ އަހަރުގެ އައިއެމްޓީއެމް ފެއާގައި 50 އަށްވުރެ ގިނަ ލީޑިން ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވެފައި ވެއެވެ. އަދި 25 ގައުމަކުން އެކި ދާއިރާތަކުގެ ފަރާތްތައް ބައިވެރިވެފައި ވެއެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް