އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ލީކުވާތަން ސައިފަތް ބޭނުންކޮށްގެން ހޯދައިފިއެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އިން ލީކުވާކަން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފާހަގަކުރެވިފައެވެ. ނަމަވެސް އެހީ އެހާބޮޑު ލީކަކަށް ނުފާތީ ހައްލުކުރަން ނުޖެހޭނެކަމަށް ނިންމި އެވެ.
އައިއެސްއެސް އިން ލީކުވަމުންދިޔަ ތަން މިދިޔަ އޮގަސްމަހު ވަނީ ކުރިޔަށްވުރެ ބޮޑުވެފައިވާކަން ފާހަގަކުރެވިފައެވެ. އަދި މައްސަލަ ދިމާވި ތަން ހޯދުމުގެ މަސައްކަތް ވެސް އެހާ ހިސާބުން ފެށިއެވެ.
އައިއެސްއެސް އިން ލީކުވިތަން ހޯދުމަށް ފަޅުވެރީން ވަނީ ސައިފަތް ޕެކެޓެއް ކަނޑައި ލީކުވާކަން ފާހަގަވި ޗެމްބަރުގެތެރެއަށް ދޫކޮށް އެ ޗެމްބަރު ބަންދުކޮށްފައެވެ. އައިއެސްއެސް އިން ވަނީ ސައިފަތުގެ މޫވްމަންޓު ބެލުމަށް ޗެމްބަރުގައި ކެމެރާ ހަރުކޮށް މޮނިޓާކޮށްފައެވެ.
ރަޝިއާގެ ސްޕޭސް އެޖެންސީ އިން ވަނީ ސައިފަތް ބޭނުންކޮށްގެން ފަޅުވެރީން އިން ކުރި މަސައްކަތުން ލީކުވިތަން ހޯދައިފައިވާ ކަމަށް ބުނެފައެވެ. އަދި ލީކުވިތަން މަރާމާތުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ