ދުނިޔެ

ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗައް ދައުވާކުރަނީ

މުހައްމަދު އައުޒަމް

ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗައް ދައުވާކުރަން ނިންމައިފިއެވެ.

ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނީ ހަޝޯގީގެ ލޯބިވެރިޔާ ހަތީސް ސެންގިޒް އާއި ހަޝޯގީ ކުރިން އުފައްދާފައިވާ ހިއުމަން ރައިޓްސް ގްރޫޕުން ގުޅިގެންނެވެ.

ހަޝޯގީގެ ލޯބިވެރިޔާ ހަތީސް ސެންގިޒް ވަނީ މިމައްސަލައިގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން އިތުރު ބަޔަކާ ދެކޮޅަށްވެސް ކޯޓުގައި ދައުވާ ކުރަން ނިންމާފައިވާކަން އާންމުކޮށްފައެވެ.

ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ މަރުވިއިރު ހުރީ އެމެރިކާގެ ހިމާޔަތުގެ ދަށުގައެވެ.

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ޚަޝޯގީ ވަތް ފަހުން، ނުނިކުންނަ ކަމަށެވެ. ތަހުގީގުން ހާމަވިގޮތުގައި ހަޝޯގީ މަރާލާފައިވަނީ ކޮންސުލޭޓުތެރޭގައެވެ. މަރާލުމަށްފަހު ހަޝޯގީގެ ހަށިގަނޑު ނައްތާލާފައިވާކަމަށް ވަނީ ތަހުގީގަށް ސާބިތު ވެފައެވެ.