ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިންޑިއާއަށް އެނބުރި ގޮސް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ފިލްމީ މަސައްކަތްތައް ފަށައިފިއެވެ.
އެގޮތުން އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތާޕްސީ މިހާރު ކުރަމުން އަންނަނީ "ހަސީން ދިލްރުބާ" ގެ މަސައްކަތެވެ. އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ތާޕްސީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ހަސީން ދިލްރުބާ އަކީ މިސްޓްރީ ތުރިލާއެކެވެ.
އެ ފިލްމަކީ "ޒީރޯ" އާއި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތައް ގެނެސްދިން އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނަށް ވިނިލް މެތިއު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ހަސީން ދިލްރުބާ" ގެ ބަތަލުންނަކީ ވިކްރާންތު މަސީ އާއި ހާޝްވަރްދަން ރާނޭ އެވެ.
ތާޕްސީ އެންމެ ފަހުން ފެނިފައިވަނީ ތައްޕަޅް އިންނެވެ. އެ ފިލްމުގައި އޭނާ ދައްކައިދިން އެކްޓިން ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް