ޕެރޫގެ ފަރުބަދަމަތީ ސަރަހައްދަކުން ބުޅަލެއް ސިފަވާ ކުރެހުމެއް ފެނިއްޖެއެވެ.
ޕެރޫގެ މިނިސްޓްރީ އޮފް ކަލްޗާ އިން ވަނީ މިކުރެހުމަކީ 2000 އަހަރު ވެފައިވާ ކުރެހުމެއް ކަމަށް ބެލެވޭކަމަށް ބުނެފައެވެ.
މިކުރެހުން ފެނިފައިވަނީ އެސަރަހައްދުގައި އޮންނަ ޔުނެސްކޯގެ ހެރިޓޭޖް ސަރަހައްދެއް ސާފުކުރަން އުޅުމުގެ ތެރޭގައެވެ.
ބުޅަލެއްގެ ސިފައިގައި ފެނުނު 121 ފޫޓު ދިގު މި ކުރެހުން ފެނިފައިވާ ސަރަހައްދާ ދުރުނޫން ސަރަހައްދަކުން ވަނީ އެހެން ކުރެހުންތަކެއްވެސް ފެނިފައެވެ.
ޕެރޫގެ ކަލްޗާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައިވާގޮތުން އެކުރެހުން ވަނީ ފަރުބަދައަށް އައިސްފައިވާ ބަދަލުތަކާއެކު ކުރެހުމުގެ ބައެއް ބައިތައްވެސް ގެއްލި އަދި ބާކީ ހުރި ބައިތައްވެސް ގެއްލެން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ