ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން 58.7 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.
ބީއެމްއެލުން ގަނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކުގައިވާ ހުޅުމާލެ ލޮޓް ނަންބަރު 11611 ގައިވާ 15،822.50 އަކަފޫޓުގެ ބިމެކެވެ. އަދި އަކަ ފޫޓަކަށް 3،710.11 ރުފިޔާގެ މަގުން ބީއެމްއެލުން އެބިމަށް 58،701،475 ރުފިޔާ ވަނީ ދައްކައިފަ އެވެ.
އެ ފައިސާ ބީއެމްއެލުން އެޗްޑީސީއަށް ދައްކާފައިވާއިރު، ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ވިޔަފާރިއަކީ ސައްހަ މުއާމަލާތެއް ކަމަށް ވެސް ނިންމައި ހުކުމްކޮށްފަ އެވެ. އެ ހުކުމް ކުރީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނާ ހަވާލުވެ ހުންނެވި އިސް ގާޒީ އަބްދުﷲ އަލީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު