ރާއްޖޭގައި ރިސޯޓު، ސަފާރީ، ގެސްޓުހައުސް އަދި ހޮޓާތަކުގައި ހުރި ޓޫރިސްޓު އެނދުގެ 55 ޕަސެންޓް އޮޕަރޭޝަނަށް ގެނެސްފި އެވެ.
ރާއްޖޭގައި 50،000 ވުރެ ގިނަ ޓޫރިސްޓު އެނދު ހުންނައިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ 55 ޕަސަންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. އަދި ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން މިއަދާ ހަމައަށް ބައިނަލްއަގުވާމީ 12 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް އަދި އެމިރޭޓްސް ފަދަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވާއިރު މިނިސްޓަރު މައުސޫމް ވިދާޅުވީ، ޕްރައިވެޓް ޖެޓުތައް ވެސް ރާއްޖެ އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މިނިސްޓަރު މައުސޫމް "ވަން" އަށް މިރޭ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރީ 28،649 ޓޫރިސްޓު އެނދެވެ. އެއީ 105 ރިސޯޓެއްގައި ހުރި 24،990 ޓޫރިސްޓު އެނދާއި ފަސް ހޮޓަލެއްގެ 602 އެނދާއި 28 ގެސްޓްހައުސްއެއްގެ 847 އެނދުގެ އިތުރުން ޓޫރިސްޓު އުނޅަދު ފަހަރުތަކުގައި ހުރި 2210 އެނދެވެ.
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 29،130 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު