ދުނިޔެ

70 އަހަރުފަހުން އެމެރިކާގައި އަންހެނަކު މެރުމަށް ހުކުމް ކޮށްފި

މުހައްމަދު އައުޒަމް

70 އަހަރުފަހުން އެމެރިކާގައި އަންހެނަކު މެރުމަށް ހުކުމް ކޮށްފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މެރުމަށް ހުކުމް ކޮށްފައިވަނީ ލީސާ މޮންޓްގޮމޭރީ ނަމަކަށްކިޔާ މީހެކެވެ. އޭނާވަނީ ބަލިވެ އިން އަންހެނެއްގެ ބަނޑުފަޅައި ބަނޑުގައި އޮތް ތުއްތު ކުއްޖާ ކިޑްނެޕް ކޮށްފައެވެ.

ލީސާ މެރުމަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހު ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށް ކޯޓު ހުކުމުގައި ވެއެވެ.

އެމެރިކާގައި އަނެހެނަކު މެރުމަށް މީގެކުރިން ކޯޓުން ހުކުމް ކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ. ބޯނީ ހޭޑީ ނަމަކަށް ކިޔާ އެމީހާ މަރާފައިވަނީ ގޭސް ޗެމްބާއެއްގެ ތެރޭގައި ބަންދުކޮށްގެންނެވެ.