ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ނެހާ ދޫޕިއާ އާއި އަންގަދު ބޭދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުނު މި ދެލޯބިވެރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. އެދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މޫވެންޕިކް ކުރެދިވަރު މޯލްޑިވްސް ގައެވެ.
އެގޮތުން ނެހާ ވަނީ ފިރިމީހާ އަންގަދުއާ އެކު އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮަޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކޮށްފަ އެވެ. އަދި ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި ނެހާ ވަނީ ސިފަކޮށްފައެވެ.
މޫވެންޕިކް ކުރެދިވަރު މޯލްޑިވްސްގެ ޕޫލެއްގައި ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާ ކުރުމުން ބޮލީވުޑްގެ ގިނަ ތަރިން ވަނީ އެފޮޓޯއަށް ކޮމެންޓް ކޮށްފައެވެ. މީގެ ކުރިން ވެސް ނެހާ އާއި އަންގަދް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.
ނެހާ އާއި އަންގަދުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލު ވަރުން ދަވަން ވެސް އަންނަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް