ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކުރާ ހަތް މީހެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި ވަޅިން ހަމަލާދީގެންނެވެ.
އެ މައްސަަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ހޯމަ ދުވަހު ހެނދުނު 9:00 އަށެވެ.
އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ.
- ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
- ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވި
- ސިމާހު މޫސާ، ދަފްތަރު 1746
- އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
- އުސްމާން ޝަރީފް، މ. ދިމިޝްގް
- އަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭ
އެކަކުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ދައުވާ އުފުލާފައިވަނީ ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒްގެ މައްޗަށެވެ.
އަނަސްގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާއަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
އަނަސްއަކީ ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ މަރާލާފައިވަނީ އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅިހަރައި ޒަހަމު ކޮށްލުމަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު