ތައިލެންޑުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އިމަޖެންސީ އިއުލާންކޮށްފިއެވެ.
ތައިލެންޑު ސަރުކާރާ ދެކޮޅަށް އެގައުމުގެ މައި ސިޓީ ބެންކޮކުގެ މަގުތަކުގައި އެގައުމުގެ ކިޔަވާކުދިން އިސްވެ ކުރަމުންގެންދާ މުޒާހަރާތަކުގައި ވަނީ ބޮޑުވަޒީރު އިސްތިއުފާދީ ބާރުތައް ތައި ރަސްގެފާނަށް ދިނުމަށް ގޮވާލައިފައެވެ.
ޓީވީ މެދުވެރިކޮށް އެގައުމުގެ ފުލުހުން ދިން ބަޔާނެއްގައި ބުނީ އަމަން އަމާންކަން ގާއިމްކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި އިމަޖެންސީ އިއުލާންކޮށް ގިނަ މީހުން އެއްވާ އެއްވުން މަނާކޮށްފައިވާ ކަމަށެވެ.
މިއަދު ހެނދުނުގެ އެއްވުމުގެ ތެރެއިން ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. އޭގެތެރޭގައި އެއްވުމުގައި އިސްކޮށް ތިބި މީހުން ހިމެނޭ ކަމަށް އެގައުމުގެ މީޑިއާއިން މައުލޫމާތު ދެއެވެ. މިއަދު އެކަނިވެސް 20 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ