ފަތާފައި ސިންގަޕޫރަށް އަރަން އުޅުނު އިންޑޮނޭޝިއާ ބަޔަކު ހައްޔަރުކޮށްފިއެވެ.

ސިންގަޕޫރުގެ ޕޮލިސް ކޯސްޓްގާޑްގެ ސަވައިލެންސް ސިސްޓަމަށް ފާހަގަވެގެން ހިންގި އޮޕަރޭޝަންގައި ހަތަރު މީހުން ހައްޔަރު ކޮށްފައި ވެއެވެ.

ސިންގަޕޫރު ފުލުހުން ހައްޔަރުކޮށްފައިވަނީ ކުޑަ ބޯޓަކުން ފުންމާލައިގެން އެގައުމަށް އަރަން މަސައްކަތް ކުރި 19 އަހަރާއި 38 އަހަރާ ދެމެދުގެ މީހުންނެވެ.

ގަވައިދާ ހިލާފަށް ސިންގަޕޫރަށް އަރަން އުޅުނު މި ހަތަރު މީހުން އެގައުމުގެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު މި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސިންގަޕޫރު ކަނޑުގެ ސަރަހައްދަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެގައުމުން ބަލަހައްޓަމުން އަންނަ ސަރަހައްދެއް ކަމަށް އެގައުމުގެ ފުލުހުންގެ ކޮމާންޑަރު ވަނީ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.