ސަރުކާރު ސްކޫލުތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދޭނެ އޭޖެންސީތަކެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދޭ ތިން އެޖެންސީއެއް، ދެ އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ ބީލަމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ބިޑަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބިޑަށް ރަޖިސްޓްރީ ފޯމް ހުށަހެޅުމަށްފަހު ރަޖިސްޓްރީ ކޮށްދޭނީ އިއުލާނުގައި ބުނެފައިވާ ގޮތުން 200 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް މިމަހު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދެއްކުމުންނެވެ.
ބީލަން ހުށަހެޅުމަށް ބޭނުންވާ ރަޖިސްޓްރޭޝަން ފޯމް https://www.myoffice.mv/forms/moe ލިންކުން ލިބޭނެ އެވެ. އަދި ޕްރީ ބިޑް ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ 11:00 ގައި ގޫގަލް މީޓް މެދުވެރިކޮށެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ އެންމެންނަށް ބައްދަލުވުމުގެ ދައުވަތު ފޮނުވޭނެ ކަމަށް މިނިސްޓްރީން އިއުލާނުގައިވެ ބުނެ އެވެ.
އިއުލާނުގައި ބުނީ، ރަޖިސްޓްރޭޝަން ފީގެ އިތުރުން ބީލަމުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 5000 ރުފިޔާ ނުވަތަ އެ އަދަދަށް ވާވަރަށް ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ހުޅުވާނީ ނޮވެމްބަރު މަހު އެއްވަނަ ދުވަހު ކަމަށާއި އެ ބައްދަލުވުން ބާއްވާނީ ވެލާނާގެ ނުވަނަވަ ފަންގިފިލާގެ މީޓިންގް ރޫމް އެކެއް ގައި ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު