ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔުޓީއޯ)އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް ގ.ފަރުކަނި، ޑޮކްޓަރ އާސިމް އަހުމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މިހާރު ވެސް ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް، ޑޮކްޓަރ އާސިމް، ޑަބްލިޔުޓީއޯ އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަން ކުރަން މިއަދު ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 53 މެންބަރުން ޑޮކްޓަރ އާސިމް އެމަގާމަށް ހަމަޖެއްސުމަށް ވޯޓު ދެއްވިއެވެ.
ޑޮކްޓަރ އާސިމް ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމު ފުރުއްވައިފައެވެ. އަދި އޭނާ ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން އޭނާ ވަނީ އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުވުމުގެ ހިދުމަތް ވެސް ދެއްވައިފައެވެ.
ޑޮކްޓަރ އާސިމަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. އާސިމް މުހައްމަދު