ކޮވިޑް 19 އާއި ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިމަހު 15 ގައި އަލުން ހުޅުވުމަށް އެގައުމުގެ މިނިސްޓްރީ އޮފް ހޯމު އެފައާޒްއިން ވަނީ ހުއްދަ ދީފަ އެވެ. އެގޮތުން ސިނަމާތައް ހުޅުވުމަށްފަހު ފުރަތަމަ ސްކްރީނުގައި އަޅުވާ ފިލްމަކަށް "ހާލީ ޕީލީ" ވެއްޖެއެވެ.
ލީޑްރޯލުން ވަރަށް ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އިޝާން ހައްޓާ ފެނިގެންދާ އެ ފިލްމު އޮންލައިންކޮށް ރިލީޒް ކޮށްފައި ވީނަމަވެސް، ސިނަމާތައް ހުޅުވުމުން އެ ފިލްމު ރިލީޒްކުރަން ފިލްމުގެ ޓީމުން ވަނީ ނިންމައިފައެވެ.
ހާލީ ޕީލީ އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒް ކުރީ މިމަހުގެ ދެވަނަ ދުވަހެވެ. އެ ފިލްމު ސިނަމާތައް ހުޅުވުމުން ބޮޑު ސްކްރީނުގައި ރިލީޒް ކުރާނީ މިމަހުގެ 16 ވަނަ ދުވަހެވެ.
ހާލީ ޕީލީ ވަނީ ބެންގަލޫރުގެ ޑްރައިވް އިން ތިއޭޓާތަކުގައި ވެސް އަޅުވައިފައެވެ. މީގެ އިތުރުން އޮސްޓްރިއާ ސިންގަޕޫރު ނެންދަލެންޑްސް މޮރީޝަސް އަދި އެފްރިކާގައިވެސް ހާލީ ޕީލީ ވަނީ އަޅުވައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް