ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖަލް އަގްރަވާލް މިމަހުގެ 30 ގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ކާޖަލް އޭނާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މިމަހުގެ 30 ގައި އޭނާ ކައިވެނި ކުރާ ހަބަރު ސަޕޯޓަރުންނަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. ގޯތަމް ކިޗްލޫ އާ ކައިވެނީގެ ގޮތުން ގުޅެން އުޅޭ ކަން އިއުލާނުކުރަމުން ކާޖަލް ބުނީ ކައިވެނި އޮންނާނީ މުމްބާއީގައި ކަމަށެވެ.
ކާޖަލް ބުނި ގޮތުގައި އެ ހަފުލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މީހުން އެކަންޏެވެ. ކާޖަލް ބުނީ ކައިވެނިކުރި ނަމަވެސް އޭނާ އެކްޓްކުރުން ހުއްޓައި ނުލާނެ ކަމަށެވެ. ކާޖަލް ގެ ބައިވެރިޔާ ގޯތަމް އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ ވިޔަފާވެރިއެކެވެ. ގޯތަމް އަކީ އިންޓީރިއާ ޑިޒައިނިން ކުންފުންޏެއް ކަމަށްވާ "ޑިޒާން ލިވިން" ގެ ބާނީއެވެ.
ކާޖަލް ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭގްވަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" އާއި ރަންދީޕް ހޫޑާގެ "ދޯ ލަފްޒޯން ކީ ކަހާނީ" ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން