ރ. ދުވާފަރުގެ ގިނަ މަގުތަކެއް ޒަމާނީ ފެންވަރަށް ތާރު އަޅައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން. ދުވާފަރުގެ މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން. މިގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 12 މަގެއް، އަދި ދެވަނަ ފިޔަވަހީގެ ދަށުން ހަތް މަގެއް ތަރައްގީކުރުމަށް ވަނީ ނިންމާފައި.