ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތު މަރުވީ އަމިއްލަ އަށް ކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭއައިއައިއެމްއެސް) އިން ބުނެފިއެވެ.
އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުޝާންތުގެ މަރު ތަހުގީގު ކުރި މެޑިކަލް ބޯޑުގެ ޗެއާޕާސަން ޑރ ސުދީރު ގުޕްތާ ވަނީ ސުޝާންތު އަމިއްލައަށް މަރުވީ ކަމަށް ވިދާޅުވެފައެވެ. ޑރ ގުޕްތާ ވިދާޅުވީ ސުޝާންތުގެ މަރަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަން ސާބިތުވާނެ އެއްވެސް ހެއްކެއް ސުޝާންތުގެ ހަށިގަނޑުން ފެނިފައި ނުވާ ކަމަށެވެ. ސުޝާންތުގެ ހަށިގަނޑުން ދަން ޖެހުމުން ކަރުގައި ހުރި ނިޝާން ނޫން އިތުރު ނިޝާނެއް ފެނިފައި ނުވާ ކަމަށް ވެސް ޑރ ގުޕްތާ ވިދާޅުވިއެވެ.
ސުޝާންތުގެ މަރުގެ މައްސަލަ އޯގަސްޓް މަހު ސީބީއައި އާ ހަވާލުކުރަން އުޅުމުން، އެމައްސަލަ ކުރިން ތަހުގީގު ކުރި މުމްބާއީ ފުލުހުންގެ ޓީމުންވެސް ވަނީ ސުޝާންތު މަރުވީ އަމިއްލައަށް ނޫން ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެނިފައިވާ ނުވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އޭއައިއައިއެމްއެސް އިން ވަނީ ސުޝާންތުއަށް އެއްވެސް ކަހަލަ ޒަހަރެއް ދީފައި ހުރިތޯ ބެލުމަށްވެސް ގިނަ އަދަދެއްގެ ޓެސްޓްތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ޓެސްޓަކުން ސުޝާންތުއަށް އެއްވެސް ބާވަތެއްގެ ޒަހަރެއް ދިން ކަމުގެ އަލާމާތެއްވެސް ނުފެންނަ ކަމަށް ޑރ ގުޕްތާ ވަނީ ވިދާޅުވެފަ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް