ކަލަރސް ޓީވީ އިން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސްގެ 14 ވަނަ ސީޒަން ފަށައިފިއެވެ.
ބިގްބޮސްގެ 14 ވަނަ ސީޒަންގެ ގްރޭންޑް ޕްރިމިއަރ ރޭ ދައްކާފައިވާއިރު، މިފަހަރުގެ ޝޯވެސް ހުށަހަޅައިދެނީ ބޮލީވުޑްގެ މެގަސްޓާ ސަލްމާން ހާންއެވެ. ސަލްމާންގެ އިތުރުން މިފަހަރުގެ ސީޒަންގައި ކުރީ ސީޒަންތައް ކާމިޔާބު ކުރި 3 ބައިވެރިން ވެސް ޝޯގައި ހަރަކާތްތެރިވާނެއެވެ.
"ތޫފާނީ ސީނިއަރސް" ގެ ނަމުން އެ ތިން ބައިވެރިންނަށް ނަން ދީފައިވާއިރު، އެއީ ހީނާ ހާން ގޯހަރު ހާން އަދި ސިދާތު ޝުކްލާއެވެ. އެތިން ބައިވެރިން 14 ދުވަސް ވަންދެން ބިގްބޮސްގެ ގޭގައި މިފަހަރުގެ ބައިވެރިންނާއެކު މަޑުކުރާނެއެވެ. މިފަހަރުގެ ސީޒަން އިން ފެނިގެންދާ 11 ބައިވެރިންގެ ތެރޭގައި ޓެލެވިޒަންގައި މަޝްހޫރު ބަތަލާ ޖޭސްމީން ބާސިން އާއި ޕަވިތުރާ ޕޫނީއާ އާއި ރުބީނާ ދިލައިކް އަދި ނިއްކީ ތަމްބޯލީ ހިމެނެއެވެ.
ބިގްބޮސްގެ 14 ވަނަ ސީޒަން ރޭ ފަށާފައިވާއިރު ޝޯގެ ޓީމުން ވަނީ އެ ޝޯ ފެށީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށް ބުނެފައެވެ. މިފަހަރުގެ ޝޯގައި ސާފުތާހިރުކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީ ގޭމްތައް ވެސް ކުރިއަށް ގެންދާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށް ވެސް ޝޯގެ ޓީމުން ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން