މިދިޔަ މަހު ރާއްޖެއަށް 13،480 އަށްވުރެ ގިނަ މީހުން އައިސްފައިވާ ކަމަށް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 13،487 މީހުން އައިސްފައިވެ އެވެ. އެއީ އޮގަސްޓް މަހަށްވުރެ 2301 މީހުންގެ އިތުރުވުމެކެވެ. އޮގަސްޓް މަހު ރާއްޖެ އައިސްފައިވަނީ 11،186 މީހުންނެވެ.

މިއާއެކު މިއަހަރުގެ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި މީހުންގެ އަދަދު ވަނީ 27،563 އަށް އަރައިފަ އެވެ. އަދި މިދިޔަ މަހު ރާއްޖެއިން 13،739 މީހަކު ފުރާފައިވެ އެވެ.

އެމްއޭސީއެލުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ އެއާޕޯޓުން ރިކޯޑުކޮށްފައި ވަނީ 730 މޫވަމްނަޓެވެ. އެއީ ބައިންއަގުވާމީ 426 މޫވަމަންޓާއި އެތެރޭގެ އުދުހުންތަކުގެ 304 މޫވަމަންޓެވެ. އޮގަސްޓު މަހު އެ އެއާޕޯޓުން ވަނީ 758 މޫވްމަންޓު ރެކޯޑުކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ މަހު އަތޮޅުތެރެއަށް ދަތުރުކުރި މީހުން ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފަ އެވެ. އެގޮތުން އޮގަސްޓް މަހު 3438 މީހަކު އަތޮޅުތެރެއަށް ދަތުރުކުރި އިރު، މިދިޔަ މަހު 3743 މީހަކު އަތޮޅުތެރެއަށް ގޮސްފައިވެ އެވެ.