ބަތަލާ ޕާޔަލް ގޯޝް އަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރުމުން މިވޭތުވެދިޔަ ދެހަފުތާއެއްހާ ދުވަހު މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕު ވަނީ ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފައެވެ.
ޕާޔަލް ވަނީ އަނޫރާގު އޭނާއާ ގަދަކަމުން ބެހެން އުޅުނު ކަމަށް ބުނެ ޓުވީޓްތަކެއް ކޮށްފައެވެ. ޕާޔަލް ވަނީ އެމައްސަލަ މުމްބާއީ ފުލުހަށްވެސް ހުށަހަޅާފައެވެ. ޕާޔަލް އަނޫރާގް އޭނާއާ ގަދަކަމުން ބެހެން އުޅުނު ކަމަށް ބުނެ ފުލުހަށް މައްސަލައެއް ހުށަހެޅުމުން އަނޫރާގް ފުލުހަށް ހާޒިރުކޮށް 8 ގަޑިއިރުގެ ތަހުގީގެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެމައްސަލައިގަ ފުލުހަށް ހާޒިރުކޮށް 8 ގަޑިއިރު ވަންދެން ސުވާލުކުރުމުންވެސް އަނޫރާގް ވަނީ ޕާޔަލް ކުރި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އެގޮތުން ޕާޔަލް ކުރިން ބުނެފައިވަނީ އަނޫރާގް އޭނާއާ ގަދަކަމުން ބެހެން މަސައްކަތް ކޮށްފައިވަނީ ވަސޯވާގައި ހުންނަ އަނޫރާގުގެ ގޭގައި ކަމަށެވެ.
އެހެންނަމަވެސް އަނޫރާގް ވަނީ އޭނާގެ ވަސޯވާގައި ހުންނަ ގެޔަށް ޕާޔަލް ނުގެންދާ ކަމަށް ބުނެފައެވެ. އަދި ޕާޔަލް އާއި ޕްރޮފެޝަނަލް ގުޅުން ނޫން އިތުރު އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އަނޫރާގް ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް