ކޮވިޑް-19 ގެ ލޮކްޑައުންއާ ހެދި ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތް، ޝާހިދު ކަޕޫރްގެ ފިލްމު "ޖާޒީ" ގެ ޝޫޓިން އަންނަ މަހު އަލުން ފަށާ ގޮތަށް ނިންމައިފި އެވެ.

ޖާޒީއަކީ މިދިޔަ އަހަަރު ގެނެސްދިން ތެލިނގޫ ފިލްމެއްގެ ރިމޭކެކެވެ. ގޯތަމް ތިނައްނޫރީ ޑައިރެކްޓްކުރި ފިލްމު އޭނާ ހިންދީ ބަހުން ވެސް ހަދާ އިރު ޝާހިދާ އެކު ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް ހިމެނެއެވެ.

އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ޖާޒީ" ގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިންގެ ތެރެއިން 15 ދުވަހުގެ މަސައްކަތް ދެހެރާދުން އާއި ޗަންދީގަޅްގައި ކުރިއަށް ގެންދާނެއެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހު ޝޫޓިންތައް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

"ޖާޒީ" އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ.