ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އޭނާގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަަންމަގެ ޑައިރެކްޓު ކޮންޓެކްޓަކަށް އޭނާ ވެފައިވާތީ ހޯމް ކަރަންޓީނުގައި ބަހައްޓާފައިވާ ކަމަށާއި ނަމަވެސް ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައި މިމަހު ހަ ވަނަ ދުވަހުން ފެށިގެން މަޖިލިސް ވަނީ ޗުއްޓީގަ އެވެ. އަދި ތިންވަނަ ދައުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަހެއްވާ ހޯމަ ދުވަހު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށްވެ ހަސަން ލަތީފު ހޯމް ކަރަންޓީނުގައި ހުންނެވި އިރު، އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ވަޑައިގެންފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަކަށެވެ.