ރިއާ ޗަކަރަބޮޓީއާއެކު މަސްތުވާތަކެއްޗާ ގުޅުންހުރި ވާހަކަތަކެއް ދައްކާފައިވާނެ ކަމަށް ރަކުލް ޕްރީތު ސިންގު އެއްބަސްވެއްޖެއެވެ.
ރަކުލް އެކަމަށް އެއްބަސްވެފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި އިއްޔެ އޭނާ ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ)އަށް ހާޒިރުކޮށް ސުވާލުކުރުމުންނެވެ. އެގޮތުން އެންސީބީގެ އޮފިޝަލަކާ ހަވަލާދީ ޕިންކު ވިލާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަކުލް ވަނީ ރިއާ އާއެކު މަސްތުވާތަކެއްޗާ ގުޅުންހުރި ވާހަކަތަކެއް ދައްކައި، މަސްތުވާތަކެއްޗަކީ ރިއާއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުރި އެއްޗެއް ކަމަށް ބުނެފައިވާނެ ކަމަށް އެއްބަސްވެފައެވެ.
އެހެންނަމަވެސް ރަކުލް ވަނީ އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް އިންކާރުކޮށްފައެވެ. ރަކުލް ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ހައްޔަރުކުރުމާ މެދު ގޮތެއް ނިންމާނީ މަސްތުވާތަކެތީގެ ތެރޭގައި ރަކުލް ހަރަކާތްތެރިވި މިންވަރު އަދި އިތުރަށް ބަލައިފައެވެ.
މިވަގުތު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އެންސީބީން ހައްޔަރުކޮށްފައި ހުރި ރިއާ އާއި ރަކުލްއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން