ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 7،000 ހައުސިން ޔުނިޓަށް ނަރުދަމާ ނިޒާމުގެ ކަނެކްޝަން އެޅުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން އަހުމަދު މައުސޫމާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރެއް ތަރައްގީކޮށްފައިވާ އިރު، އެތަންތަނަަށް 580 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ޓަވަރުތަަކަށް 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި 283 މޭން ހޯލް އާއި ދެ ޕަމްޕިން ސްޓޭޝަން ގާއިމުކުރާނެ ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ނަރުދަމާ ނިޒާމުގެ ކަނެކްޝަން އެޅުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. އެ މަސައްކަތް ނިމުމުން 7،000 ޔުނިޓުގެ އެޕާޓްމަންޓްތަކަށް ނަރުދަމާގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު