މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މިވަގުތު ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ) ގެ ހައްޔަރުގައި ހުރި މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީގެ ބަންދުގެ މުއްދަތު މިއަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ސުޝާންތު ސިންގު ރާޖުޕުތުގެ މަރާއި ގުޅިގެން އެންސީބީ އިން ތަހުގީގުކުރަމުން އަންނަ މަަސްތުވާތަކެތީގެ މައްސަލައެއްގައި ރިއާ ހައްޔަރުކުރީ ސުޝާންތު ލައްވައި ގަދަކަމުން މަސްތުވާތަކެތި ބޭނުން ކުރުވައި އެކަން ކުރަން މަގުފަހި ކޮށްދިން ކަމުގެ ތުހުމަތުގައެވެ.
ރިއާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ރިއާގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިދީފައެވެ. ރިއާގެ އިތުރުން ހަމަ އެ މައްސަލައިގައި ވަނީ ރިއާގެ ބޭބެ ޝޯހިކް ޗަކަރަބޮޓީ އަދި ސުޝާންތުގެ މެނޭޖަރު ސެމިއުލް މިރަންޑާ ވެސް ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އިއްޔެ އެދެމީހުންގެ ބަންދަށް ވެސް 14 ދުވަސް ޖަހައިދީފައެވެ.
އެންސީބީ އިން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައާ އެކު ވަނީ ބޮލީވުޑްގައި ތިބި މަސްތުވާތަކެތި ބޭނުން ކުރާ ގިނަ ފަންނާނުންގެ ނަން ފަޅާއަރައިފައެވެ. އޭގެތެރޭގައި މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯންވެސް ހިމެނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް