ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ސީދާ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ތައާރަފު ކުރި އިގްތިސާދީ ރިކަވަރީ ޕެކޭޖުން އެއް ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ރިކަވަރީ ޕެކޭޖެއް އިއުލާން ކުރީ މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ. އެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުމާއި އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގެ ބުރާސްފަތި (17 ސެޕްޓެމްބަރު) ދުވަހާ ހަމައަށް އާންމުކޮށްފައިވާ ކޮވިޑުގެ ކަންކަމަށް ކުރި ހަރަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިގްތިސާދީ ރިކަވަރީ ޕެކޭޖުން އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އޭގެ ތެރެއިން އިންކަމް ސަޕޯޓް ސްކީމުގެ 89.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ރިކަވަރީ ލޯން ސްކީމުގެ ގޮތުގައި ވަނީ 900 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި ކަރަންޓު ބިލްތަކުގެ ޑިސްކައުންޓަށް 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުން ދައްކަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ ހަފްތާގެ ތެރޭގައި އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް އިގްތިސާދީ ރިކަވަރީ ޕެކޭޖުން އެންސްޕާއަށް 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް