ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭ ދަތު އަދި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޕްރިތުވިރާޖު" ގެ ޝޫޓިންތައް ދިވާލީއަށްފަހު ފަށާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
އެގޮތުން ޕިންކު ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރިތުވިރާޖުގެ 90 އިންސައްތަ ޝޫޓިން ވަނީ ނިމިފައެވެ. ދެން ބާކީ އޮތީ 6 ވަރަކަށް ދުވަހުގެ ޝޫޓިންނެވެ. އެ ފިލްމު ފްރޮޑިއުސްކޮށްފައިވަނީ ޔާޝް ރާޖު ފިލްމްސްގެ ފަރާތުންނެވެ.
ސަންޖޭއަށް ފުއްޕާމޭގެ ކެންސަރު ޖެހުމާ ގުޅިގެން އޭނާ ވަނީ މިމަހު މުމްބާއީ އިން ކީމޯތެރެޕީގެ ފުރަތަމަ ބުރު ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ. މިވަގުތު އޭނާ ހުރީ އަންހެނުންނާއި ދަރިން ގާތު ދުބާއީގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް