ދުނިޔޭގެ ކޮންމެ ތަނަކަށްވެސް 2045 ވަނަ އަހަރު އެއް ގަޑިއިރުތެރޭ ދަތުރުކުރެވޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ އިސް ސައިންޓިސްޓުންތަކެއް ގުޅިގެން ތައްޔާރުކުރަމުންގެންދާ ސްޕޭސް ޓްރެވަލް ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ދަތުރުކުރުމަށް ހޭދަވާނީ އެންމެ ގިނަވެގެން އެއް ގަޑިއިރު ކަމަށް ވަނީ ބުނެފައެވެ.
ޗައިނާގެ އެކަޑަމީ އޮފް ސައިންސްގެ ފަރާތުން މީޑިއާއަށް މައުލޫމާތުދެމުން ބާއޯ ވެއިމިން ވިދާޅުވީ މުސްތަގުބަލުގައި އާދަޔާ ހިލާފު އަދި ގަބޫލުކުރަން ދަތި ޓެކްނޮލޮޖީގެ އާ ކަންތައްތަކެއް ފެންނާނެ ކަމަށެވެ.
ބާއޯ ވަނީ 2045 ވަނަ އަހަރު ދުނިޔޭގައި ދަތުރުފަތުރުގައި ރައްކާތެރި ރޮކެޓް ޓެކްނޮލޮޖީގެ އެހީގައި ގިނަ ކަންތައްތަކެއް ލުއިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެތަކެއް ހާސް ފްލައިޓް ކޮންމެ ދުވަހަކު ވެސް އަވަސް ސްޕީޑެއްގައި ދަތުރުކުރާނެ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ.
ޗައިނާއިން މަސައްކަތް ކުރަމުން އަންނަނީ ރަޝިއާ އާއި އެމެރިކާއަށް ވުރެ ސްޕޭސް ޓެކްނޮލޮޖީގައި ކުރިއެރުމަށެވެ. ޗައިނާ އިން އަމާޒު ކަނޑައަޅާފައިވަނީ 2030 އަންނަން ވާއިރަށް ސްޕޭސް ޓެކްނޮލޮޖީގައި ބޮޑުބާރަކަށް ވުމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ