އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި މެންބަރުކަމުން ޝުއައިބު އަލީ (ފުރަހަނި) އެއްފަރާތްކޮށްފިއެވެ.
އެމްޑީޕީން މިއަދު ބުނީ އެޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި، ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، އެ ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުއައިބު އަލީ (ފުރަހަނި) އެއްފަރާތް ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި މެންބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާ އިރު އޭނާ ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވައިފަ އެވެ.
ނަމަވެސް އެ ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ޝުއައިބަށް ފޮނުވި ސިޓީގައިވާ ކަންތައްތަކާމެދު ހިތްހަމަ ނުޖެހި، ހަސަން ލަތީފް މަގާމުން ދުރުކޮށްދިނުމަށް އެދި ޝުއައިބުގެ ސިޓީ އެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަނީ ފޮނުވައިފަ އެވެ.
ޝުއައިބު، ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގަބޫލުނުކުރައްވާ ކަމަށާއި މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމެނޭން ބަގާވާތެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން ޝުއައިބު އެދިފައިވެ އެވެ.
އެމްޑިޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހެކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ