ބޮލީވުޑްގެ މަޝްހޫރު ބަތަލު އަޖޭ ދޭވްގަން ޔާޝް ރާޖް ފިލްމްސް އާއި ގުޅިގެން ކުޅެން ހަމަޖެހިފައިވާ ސުޕަރ ހީރޯ ފިލްމަށް 180 ކްރޯޑު ރުޕީސްގެ ބަޖަޓެއް ހަމަޖައްސައިފިއެވެ.
އަޖޭ އާއި އެކު ލީޑްރޯލުން އެ ފިލްމުން ފެނިގެންދާނީ އަހާން ޕާންޑޭއެވެ. އެ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޝިވް ރަވައިލްއެވެ. އެގޮތުން އަޖޭގެ އެކްޓިން ފީ އާއި ޕްރިންޓް ކުރަން ހަރަދުވާ އަދަދާއި ޕަބްލިސިޓީއަށް ހޭދަވާ ހަރަދު ނުލައި އެ ފިލްމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 90 ކްރޯޑު ރުޕީސް އެވެ. އެހެންނަމަވެސް އެ ހުރިހާ ހަރަދެއް އެއްކޮށްގެން ފިލްމަށް ކަނޑައަޅާފައިވާ ބަޖަޓެކީ 180 ކްރޯޑު ރުޕީސްއެވެ.
ސުޕަރ ހީރޯ ފްރެންޗައިސްއެއްގެ ގޮތުގައި ގެނެސްދޭ އެ ފިލްމު ވެގެން ދާނީ އަޖޭ ސުޕަރ ވިލަން އެއްގެ ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް