ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާ ކަމަށްވާ، ބަޗަން އާއިލާ ދިރިއުޅެމުން އަންނަ އިމާރާތުގެ ބޭރުގައި މުމްބާއީ ފުލުހުން ފޯރިމަރަން ފަށައިފިއެވެ.
އާމީތާބު ބަޗަންގެ އަންހެނުން ޖަޔާ ބަޗަން މީގެ ދެދުވަސްކުރިން ރާޖްޔާ ސަބާގައި ވާހަކަދައްކަމުން، ރަވީ ކިޝަން އަށް ވަރުގަދަ ރައްދުތަކެއް ދިނުމުން ގިނަ ބަޔަކު އަންނަނީ ޖަޔާ އަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި އެކި ކަހަލަ އިންޒާރުތައް ދެމުންނެވެ.
އެގޮތުން މުމްބާއީގެ ގާޑިއަން މިނިސްޓަރު އަސްލަމް ޝެއިހް ވިދާޅުވީ، ޖަޔާ ދިން ސްޓޭޓްމެންޓާ ގުޅިގެން އެ އާއިލާއަށް ގިނަ ބައެއްގެ ފަރާތުން އިންޒާރުގެ މެސެޖްތައް ލިބެމުންދާތީ މުމްބާއީ ފުލުހުންގެ ޓީމެއް ޖަޔާ ދިރިއުޅޭ އިމާރާތުގެ ބޭރުގައި ފޯރިމަރާނެ ކަމަށެވެ.
މުމްބާއީ ފުލުހުންގެ އިތުރުން ސައިބަރ ސެލްގެ ފަރާތުންވެސް ވަނީ ޖަޔާ އަދި އޭނާގެ އާއިލާއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރު ދެމުންދާ މީހުން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް