ބޮލީވުޑް

އަނުޝްކާ ޕްރަބާސް އާއެކު "އަޑިޕުރްޝް" ނުކުޅޭނެ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ޕްރަބާސް ރާޖޫ އާއި އެކު ކުރިން ކުޅެން ނިންމާފައިވާ "އަޑިޕުރްޝް" އަނުޝްކާ ދެން ނުކުޅޭނެއެވެ.

މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލަތު ދަރިޔަށް ބަލިވެއިން އަނުޝްކާ ދެން އޭނާ ފިލްމީ މަސައްކަތްތައް ފަށާނީ މިއަންނަ އަހަރުގެ އޭޕްރީލު މަހުގެ 21 ގައެވެ. އެގޮތުން އަނުޝްކާ ވިހައިގެން ކުޑަދުވަސްކޮޅަކަށް ފަހު ބޮޑެތި ޕްލޭންތަކެއް އިއުލާން ކުރާނެއެވެ. އެހެންނަމަވެސް އަނުޝްކާގެ ޕްލޭންގައި "އަޑިޕުރުޝް" ކުޅުން ނެތް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ލީޑް ރޯލުން ޕްރަބާސް ފެންނަ އަޑިޕުރްޝް ގެ ނުބައިބައި ރޯލުން ފެނިގެން ދާނީ މަޝްހޫރު ބަތަލު ސައިފް އަލީހާން އެވެ. އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ބުޝަން ކުމާރު އެވެ. އަޑިޕުރްޝްގެ ޝޫޓިންތައް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.