ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތު އާއި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ އަދި މަޝްހޫރު ބަތަލާ ސާރާ އަލީ ހާން ސުޝާންތުގެ ލޮނަވާލާގައި ހުންނަ ފާމް ހައުސްގައި ޕާޓީ ކުރިކަމަށް އެ ފާމްހައުސްގެ މެނޭޖަރު ބުނެފިއެވެ.
ސުޝާންތުގެ ފާމްހައުސްގެ މެނޭޖަރު އެހެން ބުނެފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ސުޝާންތުގެ މަރާ ގުޅިގެން އެންސީބީ އިން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މިވަގުތު ހައްޔަރުގައި ހުރި ރިއާ ވަނީ ސާރާ އަދި ބަތަލާ ރަކުލް ޕްރީތު ސިންގް އަދި ސުޝާންތުއާއިއެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ބުނެފައެވެ.
އެންސީބީ އަށް ބަޔާން ދެމުން ފާމް ހައުސްގެ މެނޭޖަރު ބުނީ ސުޝާންތު މަރުވުމުގެ ކުރިން އާއްމުކޮށްވެސް އޭނާގެ އެކުވެރިންނާއެކު އެ ފާމް ހައުސްއަށް ގޮސް ޕާޓީ ކުރާ ކަމަށެވެ. އެގޮތުން އެ ފާމް ހައުސްއަށް ގޮސް ސުޝާންތުއާ އެކު ޕާޓީ ކުރި މީހުންގެ ތެރޭގައި ރިއާ، ސާރާ، ބަތަލާ ޝްރަދާ ކަޕޫރު އަދި މަސްތުވާތަކެތި ޕެޑަލްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޒައިދު ވިލްތަރާ ވެސް ހިމެނޭ ކަމަށް މެނޭޖަރު ވަނީ ބުނެފައެވެ.
ފާމް ހައުސްގެ މެނޭޖަރު ވަނީ ސުޝާންތު އެކުވެރިންނާ އެކު ޕާޓީ ކުރާއިރު، އާއްމުކޮށްވެސް ރާ ބޭނުންކުރާ ކަމަށެވެ. މީގެ އިތުރުން ސިނގެރޭޓް ބަންދުކުރާ ކަރުދާހަށްވެސް ވަރަށް ގިނައިން އޯޑަރު ކުރާ ކަމަށާއި ނަމަވެސް އެއީ ކޮން ބޭނުމެއްގައި ކަން ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް