ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން ވާޗުއަލްކޮށް ކޭމްޕެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައި، އެ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި "މޯލްޑިވްސް ޔޫތު ކޭމްޕް 2020"ގެ ނަމުގައި ބާއްވާ އެ ކޭމްޕަކީ ޔޫތް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެކެވެ.
އެ ކޭމްޕުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި ބައިވެރިވުން އިތުރުކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ 14:00އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކޭމްޕުގައި ބައިވެރިވުމަށް https://bit.ly/33xubFo ލިންކުގައިވާ ފޯމު ފުރިހަމަ ކުރަންޖެހެ އެވެ. މި ކޭމްޕުގެ ޝިއާރަކީ "ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު