ބޮލީވުޑް

މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރަން ރިއާ ބޭނުންކުރީ މަންމަގެ ފޯނު

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިން މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރި މިންވަރު ވަނީ ހާމަވެފައެވެ.

އެގޮތުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ ވަނީ ސުޝާންތުގެ މަރާއި ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯއިން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައެވެ. އެންސީބީން ރިއާ ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށް ގެންދަން ފެށުމުން އަނެއްކާވެސް ދިޔައީ އާ ވާހަކަތަކެއް ފެންމަތިވަމުންނެވެ.

އެގޮތުން ރިއާ މަސްތުވާތަކެއްޗާއި ގުޅުންހުރި މުއާމަލާތްތައް ކުރުމަށް އޭނާގެ މަންމަ ސަންދުޔާ ޗަކަރަބޮޓީގެ ފޯނު ބޭނުންކުރި ކަމަށް ވަނީ އެންސީބީ އަށް އެނގިފައެވެ. އެންފޯސްމެންޓް ޑައިރެކްޓްރޭޓްގެ އޮފީހުން ރިއާ ގާތު ގޭގައި އުޅޭ އެންމެންގެ ފޯނުތައް ހަވާލުކުރަން ބުނުމުން ރިއާ އޭނާގެ މަންމަގެ ފޯނު ހަވާލެއް ނުކުރެއެވެ.

އެންސީބީއަށް ރިއާގެ މަންމަގެ ފޯނު ލިބުނީ އެމީހުން އެ ގެ ރެއިޑްކޮށް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެގޮތުން މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަންކަމުގައި އޭނާގެ އެކުވެރިންނާއި މުއާމާލާތްކޮށް ހަދާފައި ވަނީ މަންމަގެ އެ ފޯނުންކަން މިހާރު ވަނީ އެނގިފައެވެ.