ގއ. މާމެންދޫގައި މަގުމަތިވެފައިވާ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މާމެންދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެރަށު ދެތަނޑިމާގޭ އުމުރުން 80 އަހަރުގެ އަލީފުތު ބަލައިދޭނެ މީހަކު ބޭނުންވާ ކަމަށާއި އޭނާއަކީ އަޅައިލާނެ މީހަކު ނެތި މަގުމަތިވެފައިވާ މީހެއް ކަމަށެވެ.

ކައުންސިލުން ބުނީ، އަލީފުތު ބަލައިދޭން ބޭނުންވާ ފަރާތްތަކުން މިއަދު ހެނދުނު 11:00 އަށް ކައުންސިލްގެ އިދާރާއަށް ގޮސް މައުލޫމާތު ސާފުކުރުން އެދޭ ކަމަށެވެ.

ގއ. މާމެންދޫގައި މަގުމަތިވެފައިވާ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާއިރު، ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުތަކުގައިވެސް އުމުރުން ދުވަސްވީ ބައެއް މީހުން އެބަތިއްބެވެ.