ފަސްދޮޅަސް ހާހަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ގއ. މާމެންދޫން ހައްޔަރުކުރި މި ދެމީހުންގެ ތެރޭގައި ހިމެނެނީ، އެރަށު ންދަލީބުގެ އަހްމަދު ސައުދު (42އ) އާއި ސަންލައިޓްވިލާ ހަމްދޫން ހަސަން (33އ) އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަމްދޫން ހަސަން 15 ދުވަހަށް އަދި އަހްމަދު ސައުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މާމެންދޫ ގެސްޓު ހައުސްއަކާއި ރަށު ސިއްހީ މަރުކަޒު ބޭސްފިހާރައިން ވައްކަންކޮށްފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން ވަގަށްނެގި ތަކެތި ހޯދުމަށް ކުރި މަސައްކަތުން، ގެސްޓު ހައުސްއާއި ބޭސްފިހާރައިން އެ މީހުން ވަގަށްނެގި ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

ގެސްޓު ހައުސްއިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ މެކްބުކް ސާފޭސް ޕްރޯ އަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓްގެ އިތުރުން ގޯޕްރޯ އަކާއި، ކެނޮން ކެމެރާއެކެވެ. ބޭސްފިހާރައިން ވަގަށްނެގި ތަކެތީގެ ތެރޭގައި ފައިސާ އާއި އެހެނިހެން ތަކެތި ހިމެނެއެވެ.