އުމްރާއަށް މީހުން ގެންދަން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދަން މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.
ނަމަވެސް މި އަހަރުގެ މިހާ ހިސާބަށް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާތީ، އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުން އެ މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު، އެއް އަހަރު ދުވަސް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑާ ގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އިން ހުއްދަ ދީފައިވަނީ ހަމައެކަނި ސައުދީގައި ތިބި މީހުންނަށެވެ. ސައުދީގައި ތިބި އެކި ގައުމުތަކުގެ މީހުންނަށް ވެސް ހައްޖުގެ އަޅުކަމަށް ހުއްދަދީފައިވެއެވެ.
ކޮވިޑާ ގުޅިގެން ސައުދީގެ ބޯޑަރު ބަންދުކުރުމަށްފަހު، އެގައުމުގެ ބޯޑަރު މާދަމާ ހުޅުވާލުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް ބޭރު ގައުމުތަކުގެ މީހުންނަށް ސައުދީއަށް އެތެރެވެވޭނީ ނެގަޓިވް ޕީސީއާރު ނަތީޖާއާއެކު ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު