އެމްޓީސީސީން "މާބޮޑަށްވެސް އަގުހެޔޮވެއްޖެ" ކެމްޕެއިން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ، މި ކެމްޕެއިނަކީ އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެވުމާއި ގުޅިގެން ފެށި ކެމްޕެއިނެއް ކަމަށެވެ. އިންޖީނުތަކުގެ އަގުތަކަށް ބަދަލު އައިސްފައިވަނީ ސަރުކާރުން އިމްޕޯޓު ޑިއުޓީތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ. އަދި ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ އެކި ޕްރޮޑްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އެމްޓީސީސީ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ކޮންމެ އަހަރަކު ވެސް ރާވައި ހިންގާ ކަމަށް ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނިން ވިއްކާ އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް އެމްޓީސީސީން ދަނީ ރާވައި ހިންގަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި