24 ގަޑިއިރުތެރޭގައި 2645 މަސް ބާނައިގެން ދުނިޔޭގެ ރެކޯޑް ފޮތުން މީހަކު ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ މަސްވެރިޔަކު މިވަނީ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައި ދުނިޔެއިން 24 ގަޑިއިރުތެރޭ އެންމެ ގިނަ މަސް ބޭނި މީހާގެ މަގާމު ކަށަވަރު ކޮށްފައެވެ.
24 ގަޑިއިރު ތެރޭ އެންމެ ގިނަ މަސް ބާނައިގެން މި ރެކޯޑު ހެދީ އެމެރިކާގެ މަސްވެރިޔެކެވެ. މި ރެކޯޑު އޭނާ މުގުރައިލި އިރު، ކުރީންވެސް މި ރެކޯޑު އޮތީ އޭނާގެ އަތުގައެވެ.
މެރަތަން މޭންގެ ނަމުން މަޝްހޫރު ޖެފް ކޮލޮޑްޒިންކީ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހުކުރު ދުވަހު ހެނދުނު 09:00 އާ ދެމެދު އޭނާގެ އަމިއްލަ ރެކޯޑް އާކުރުމުގެ މަސައްކަތް ކޮށްފައެވެ.
މިދިޔަ އަހަރު އޭނާވަނީ 24 ގަޑިއިރުތެރޭ 2172 މަސް ބާނައިގެން ރެކޯޑު ފޮތަށް އަރައިފައެވެ. 473 މަސް އިތުރަށް ބާނައި އޭނާ މި ވަނީ ކުރީގެ ރެކޯޑް އަނެއްކާވެސް އާކޮށްފައެވެ.
ޖެފް ކޮލޮޑްޒިންކީ ވަނީ އޭނާ މި މަސައްކަތް ކޮށްފައިވަނީ ފިޝިންގް ފޯ ލައިފް ފައުންޑޭޝަން އަށް ފައިސާ ހޯދުމަށް ކަމަށް ބުނެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ