ދުނިޔެ

ވަކިން ގެންގުޅުނު ހަރުފައެއް 15 އަހަރު ފަހުން ބަނޑު ބޮޑުވުމުން ސުވާލުތަކެއް އުފެދިއްޖެ

މުހައްމަދު އައުޒަމް

3

ވަކިން ގެންގުޅުނު ހަރުފައެއް 15 އަހަރު ފަހުން ބަނޑު ބޮޑުވުމުން އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ.

އެމެރިކާގެ ސެއިންޓް ލުއޯސް ޒުލުގައި ގެންގުޅޭ ބޯލް ޕައިތަން އާއިލާގެ އެ ހަރުފަ ބިސް އަޅާފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ހަރުފަ ވަނީ ހަތް ބިސް އަޅާފައި ކަމަށް ޖަލުގެ މެނޭޖަރާ ހަވާލާދީ ނޫސްތަކުން ވަނީ ބުނެފައެވެ.

ޖަލު މެނޭޖަރު ބުނީ އެއީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށެވެ. މެނޭޖަރު ބުނީ އެ ހަރުފައިގެ އުޅުމަށް ބަދަލު އައިކަން ފާހަގަ ވިކަމަށާއި ނަމަވެސް ބިސްއަޅައިފާނެ ކަމަށް ހީވެސް ކުރެވިފައި ނުވާ ކަމަށެވެ.

62 އަހަރު ވެފައިވާކަމަށް ރެކޯޑުތަކުން ދައްކާ މިހަރުފަ ފިރިހެން ހަރުފައަކާ ދިމާނުވާތާ 15 އަހަރު ވެއްޖެ ކަމަށް ޖަލު އޮފިޝަލުން ބުނެއެވެ. އެހެން ކަމުން މި ހަރުފަ ބަނޑުބޮޑުވި ގޮތާ ގުޅޭ ހާއްސަ ތަހުލީލުތަކެއް ވެސް މިހާރު ވަނީ ފަށައިފައެވެ. ހަރުފަ އަޅާފައިވާ ބިސްތަކުގެ ތެރެއިން ދެ ބިސް ތަހުލީލުތަކަށް ލެބޯޓަރީ އަށް ވަނީ ފޮނުވައިފައެވެ.

ޒުލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިއީ އެ ބިސްތައް ފީވަމުން އަންނަ ދުވަސްވަރެވެ. އެހެންކަމުން ބިސްތައް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށްވެސް އެ އޮފިޝަލުން ބުނެފައި ވެއެވެ.