10 ސެޕްޓެމްބަރު 2020، ހުޅުމާލެ، ސްޓެލްކޯއިން ހުޅުމާލޭގައި އިމާރަތްކުރަމުން އަންނަ ޕަވާ ހައުސް - ސްޓެލްކޯގެ "ފިފްތު ޕަވާ ޕްރޮޖެކްޓް" ގެ ދަށުން މާލެ އާއި ހުޅުމާލޭގެ ކަރަންޓު އެއް ކޭބަލްއަކުން ގުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން. މި ޕްރޮޖެކްޓް ނިމުމުން، ބޭނުން ޖެހިއްޖެ ހިނދެއްގައި ހުޅުމާލެ، މާލެ އަދި ހުޅުލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭނެ. މި ޕްރޮޖެކްޓާއެކު، ހާއްސަކޮށް މާލޭގެ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައި -- ވަން ފޮޓޯ: މުހައްމަދު ހައްޔާން